ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަސް ކައިރިވެފައިވާ ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ގައުމުގެ މި ހާލަތަށް މިއަދާ ހަމައަށް އަންނަން ޖެހުނީ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ނެތިގެން ކަމަށް ގަބޫލުކުރުމަކީ ހަމައެއް ނޫން ކަމަށާއި ގޯސް ހަދާފައި އޮތީ ހަމައެކަނި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެކަނި ނޫން ކަމަށެވެ.
ގައުމު މިއަދު އޮތް ހާލަތުން ސަލާމަތްވުމަށްޓަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް އިހުލާސްތެރިކަމާއެކު ތާއީދުކޮށްގެން ކުރިއަށް ދިޔުން ނޫން ގޮތެއް ނެތް ކަމަށާއި ގައުމު ފަސާދަކުރުމަށް ހަޅުތާލުކުރުން ފަދަ ކަންކަން ކުރާނަމަ ހާލަތު ދާނީ އިތުރަށް ގޯސްވެގެން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާއިރު ސަރުކާރުން ވެސް ހަރަދު ކުޑަކުރެވެން އޮތް ހުރިހާ ދިމާލަކުން ހަރަދުތައް ކުޑަކުރަން ގާސިމް ވަނީ ގޮވާލާފަ އެވެ.
"އަޅުގަނޑުމެން ދެ އަހަރެއްހާ ދުވަހަށް ނަމަވެސް ކަމަރުތައް ބާރުކޮށްލައިގެން، އަޅުގަނޑުމެން ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަސް މިއޮތީ ކައިރިވެފައޭ. އެމަގަށް ނުގެންގޮސްފިނަމަ ކިޔަވަން ގޮސް ހުރި ކުއްޖާ އަށް ލާރިކޮޅު ވެސް ނުފޮނުވޭނެ، އަޅުގަނޑުމެން ގަންނަންޖެހޭ އިންޖެކްޝަން ވެސް ނުގަނެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ސަރުކާރުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށާއި މި ހާލަތުން ސަލާމަތްވެވޭނީ ބުއްދިވެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވެފަ އެވެ.
ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަސް ކައިރިވެއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ