ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެތީ ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެދިއްޖެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެކި ހިސާބުތަކަށް ވިއްސާރަކޮށް، އާންމު ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މެޓުން ބުނީ ދަތުރުވެރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަދާ ހަމަކުރުމަށް އެދޭ ކަމަށެވެ.
"އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ. ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ. ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ،" މެޓުން ބުންޏެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 ޖަހަންދެން ޔެލޯ އެލާޓް ނެރެފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯވާނެތީ ސަމާލުވާން އެދިއްޖެ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯވާނެތީ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ