ތަނަވަސް މީހާގެ އަނބިމިހާއާއި ފަޤީރު މީހާގެ އަނބިމީހާގެ ވާހަކަ- ވިސްނައިގެން ކިޔައިލާފަ އުފަލުގަ އުޅެނީ ކާކުކަން ކަނޑައަޅާބަލަ!

އެއީ ސްކޫލް ދައުރުން ފެށިގެން ވަރަށް ގާތް ދެއެކުވެރިންނެވެ. އެކަކު ކައިވެނިކުރީ ވަރަށް ތަނަވަސް މީހަކާއިއެވެ. އަނެކަކު ކައިވެނިކުރީ އަމިއްލަ ބޭނުންތައް ކިރިޔާ ފުއްދައިލެވޭވަރުގެ ވަރަށް ފަޤީރު މީހަކާއިއެވެ. ދެމީހުން ކައިވެނީކުރީވެސް އެކުއެކުގައެވެ.  
ކައިވެންޏަށް އަހަރުވުމުން ތަނަވަސް މީހާއާއި ކައިވެނިކުރި އަންހެން މީހާ އަނެކާގެ ގެއަށް ޒިޔާރަތްކޮށް އޭނާއަށް ލިބިފައިވާ ބޮޑު ތަނަވަސްކަން ކިޔައިދިނެވެ. ބޮޑު ފުރިހަމަ ގެއެވެ. އެންމެ އަގުބޮޑުކާރެވެ. ރަނުގެ ގަހަނާތަކެވެ. ބޭނުންއިރަކު ބޭނުން ތަނަކަށް ދަތުރުކުރުވޭކަމެވެ. ލަނީ އެންމެ އަގުބޮޑު ފޭރާންކަމެވެ. މިހެންގޮސް އޭނާ އެންމެ މަތީ ފެންވަރުގައި ދިރިއުޅެމުން އަންނަ ކަމެވެ. 
އެވާހަކަތައް ކިޔައިދީ ނިމުމުން އެކުވެރިޔާ ބުންޏެވެ. "އަހުރެން މިއުޅެނީ ވަރަށް ފަޤީރު ޙާލުގައެވެ. ތިއަފަދަ އެއްވެސް ނިޢުމަތެއް ނެތެވެ. ނަމަވެސް އަހުރެންގެ ފިރިމީހާ އަދި މިހާތަނަށް އެންމެ ކުޑަމިނުން ބާރަށް ބަހެއްވެސް ނުބުނެއެވެ. އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރެއެވެ. ލޯބިން ނޫނީ އަނގައިންވެސް ނުބުނެއެވެ. އަބަދުވެސް ބަލަނީ އަހުރެންނަށް އުފާވެރިކަމެއް ހޯދައިދެވޭތޯއެވެ. އެހެންވެ އަބަދުވެސް މިއިންނަނީ ވަރަށް އުފަލުންނެވެ." 
މިވާހަކަތައް އަޑުއިވުމާއިއެކު އަނެކާއަށް ރޮވިއްޖެއެވެ. ރޮމުން ބުންޏެވެ. ތިއަފަދަ އެއްވެސް ސިފައެއް ފިރިމިހާގެ ކިބައަކު ނެތެވެ. އަބަދުވެސް ދައްކަނީ ހަރުކަށި ކަމެވެ. ބުނަނީ ނުބައި ބަސްތަކެވެ. ބުނާކަމެއް ވަޤުތުން ނުވާއިރަށް ތަޅައި އަނިޔާވެސް ކުރެއެވެ. އެހެން މީހުންނަށް ފެންނަ ގޮތަށްވެސް އަނިޔާކުރެއެވެ. ލޯބިދިނުމަކީ އޭނާ ދަންނަވެސް ކަމެއް ނޫނެވެ. 
އަނެކާ ބުންޏެވެ. "އަހުރެންނަށްވެސް ތަނަވަސް މީހުންނާއި ކައިވެނިކުރެވެން އޮތެވެ. ނަމަވެސް އަހުރެން ބެލީ ތަނަވަސްކަމަކަށް ނޫނެވެ. އަހުރެންނަށް އަޅާލައި ލޯބިދޭނެ މީހަކަށެވެ. އެކަންކަން ކިތަންމެ ރަނގަޅަކަށްވެސް ޙާޞިލުކުރެވިއްޖެއެވެ."  
މިއަޑުތައް އިވުމުން ކެތް ނުކުރެވިގެން ގިސްލަގިސްލާފައި ރުޔެވެ. ގެއިން ނުކުތީވެސް ރޮމުންނެވެ. ބުންޏެވެ. "ތިބާގެ ޙަޔާތް މާއުފާވެރިއެވެ. މާފުރިހަމައެވެ. އަހުރެންނަށް ދުނިޔޭގައި އުޅެވެނީއެއް ނޫނެވެ. ތެޅެވެނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ