އަންނަ އޯލެވެލް އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރަން ފަށައިފި

އަންނަ އަހަރު ކުރީކޮޅު އޮންނަ ސާނަވީ އިމްތިހާނު ހޯލަށް ވަދެވޭ ލިއުން، ނުވަތަ ސްޓޭޓްމަންޓް އޮފް އެންޓްރީ މިއަދު ދޫކުރަން ފަށައިފިއެވެ. އިމްތިހާނުތަކާ ބެހޭ އިދާރާ ޑީޕީއީން ބުނީ، އަންނަ ފެބްރުއަރީ މަހާއި މާރިޗު މަހު ބާއްވާ ކޭމްބްރިޖްގެ އައިޖީސީއެސްއީއާއި އެސްއެސްސީ އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް އެ އިދާރާގެ ކައުންޓަރުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރާނެ ކަމަށް ޑީޕީއީން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، މި އަހަރު 260 ސްކޫލެއްގައި ސާނަވީ އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މި އަހަރުގެ އޭޕްރިލް މަހާއި މޭ މަހު ޖުމުލަ 7،971 ދަރިވަރަކު ސާނަވީ އިމްތިހާނު ފުރިހަމަކުރިއެވެ. އެއީ، ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނު ހެދި 7،666 ދަރިވަރަކާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރެކެވެ. މި އަހަރުގެ ކިޔެވުން ފެށީ 90،000 އެއްހާ ދަރިވަރުންނާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ