މުހަންމާއަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދެނީ

މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރު މުހައްމަދު ޢަބްދުﷲ (މުހަންމާ) އަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދޭން ފަށައިފި އެވެ.
މުހަންމާގެ ގާތް މީހަކު ބުނި ގޮތުގައި އޭނާއަށް ހާޓްއެޓޭކެއް ޖެހުނީ ރޭގެ ވަގުތެއްގަ އެވެ. އަދި ރެއިން ފެށިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
މިވަގުތުގެ ހާލަތު ސާފުވާ ގޮތެއް ނުވި އެވެ.
ވަރަށް ރީތި ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފައިވާ މުހަންމާއަކީ މޮޅު އެކްޓަރެކެވެ. ހެއްވާ މަޖާ ރޯލްތަކުން ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އެވެ. މުހަންމާގެ އެންމެ ފަހު ފިލްމު “އިލްޒާމް” އަކީ މި އަހަރު ސްކްރީންކުރި އެންމެ ރީތި އެއް ފިލްމެވެ.
ސިޔާސީ ދާއިރާގައި ވެސް ފާހަގަކުރެވޭ މުހަންމާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އޭނާ ފުރުއްވީ އޭނާ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ގޮނޑި އެވެ.
ފަހުން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ