ސްރީ ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް ހިފައިގެން ފުރި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު މިއަދު ހެނދުނު ލަންކާއަށް ބަނދަރުކޮށްފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރު މަސް ލަންކާއަށް ފޮނުވާފައިވާއިރު ހަދިޔާކުރި މަސްދަޅު ކޭސްތައް، ދިވެހި އެމްބަސީގެ ފަރާތުން މިއަދު ރަސްމީކޮށް އެ ގައުމާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ހަވާލުކޮށްފައިވާއިރު އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ 38 މީޑިއާއަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ފަންޑްރައިޒް ހަރަކާތްތައް ބާއްވަމުންނެވެ.
މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން ޒާރޫރީ ސާމާންތައް އެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ލަންކާއަށް ފޮނުވާ މަސްދަޅު ކޭސްތައް ހިފައިގެން ދިޔަ ބޯޓު މިއަދު އެ ގައުމުގައި ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ