ހިނގާ ހިނގާ އޮތް ދައުލަތެއްގެ ހިންގުން އެއްފަރާތުން އަނެއް ފަރާތަށް ނަގުލުވުމަކީ އަލުން ފެށުމެއް ނޫނެވެ. ހިންގާ މީހާ ބަދަލުވުމަކީ ކުރިން ހިނގަމުން އައި ހުރިހާކަމެއް އެކޮޅުކޮޅުން ޖަހަންޖެހޭ ސަބަބެއްވެސް ނޫނެވެ.
ކުރިން ވަކިގޮތަކަށް އެއްބަސްވެ ސޮއިކޮށްގެން ކުރަމުންދާ ކަންކަމާއި ސޮއިކޮށް އެއްބަސްވުމުގެ ދަށުން ހަވާލުނުކުރެވި ހުންނަކަންކަން އަލަށް ހަވާލު ބަޔަކުވެސް ކުރަންޖެހޭނީ އެއްބަސްވެފައިވާ ގޮތަކަށެވެ. އެއްބަސްވުމުގައި ކަނޑައެޅިގެން ގާނޫނާއި ގަވައިދާ ހިލާފުކަމެއް އޮތްކަން ސާބިތު ނުވާހާ ހިނދަކު ކުރިން ނިންމި ނިންމުމަށް ފަހުން އަންނަ މީހުންވެސް އިހުތިރާމް ކުރަންޖެހޭނެއެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓް ބަޔަކަށް ދިނުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ނިންމާ އެމީހުންނާއެކު އެއްބަސްވެ ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީއިރު އޮތީ ކުރަން އޮތް ކަމަކީ ގޯތިތަކާއި ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ މީހުނާ ހަވާލު ކުރުމެވެ. މުއިއްޒު ސަރުކާރަށް ރައްޔިތުން އެންމެ ބޮޑަށް ފާޑު ކިޔަނީވެސް ގޯތިތަކާއި ފްލެޓްތައް ދީފައިވާ މީހުނާ އެތަންތަން ހަވާލު ނުކޮށްގެންނެވެ.
މާލެ ސިޓީގެ ކުރީގެ މޭޔަރ މުއިއްޒުގެ މޭޔަރކަމުގައި މާލެ ސިޓީން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ އެގްރިމަންޓްގައި ސޮއިކޮށް ހަވާލު ނުކޮށް ހުރި ބިންތައް އާދަމް އާޒިމް މޭޔަރުކަމާއި ހަވާލުވި ފަހުން އެފަދަ ބައެއް ފަރާތްތަކާ ބިންތައް ހަވާލުކޮށްފައިވެއެވެ. ބަޔަކާ އެއްބަސްވެފައި އެވަނީ މާލެ ސިޓީ ކައުންސިލުންނެވެ. މާލެސިޓީ ކައުންސިލުން ގާނޫނީ ހަމަތަކުގެ މަތިން ނިންމާފައި ހުންނަ ނިންމުންތަކަށް މޭޔަރުކަމުގައި ކޮންމެ މީހަކު ހުއްޓަސް އިހުތިރާމް ކުރަންޖެހޭނެއެވެ.
ރައީސް ސޯލިހު ދެއްވި ބިންތަކާއި ގޯތިތައް ރައީސް މުއިއްޒަށް ދެއްވަން ޖެހިވަޑައިގަންނަވާހެން މޭޔަރ މުއިއްޒު ހައްދަވާ ސޮއިކުރައްވާފައިވާ އެއްބަސްވުމާއި އެއްގޮތަށް މޭޔަރ އާޒިމް ވެސް އަމަލު ކުރައްވަން ޖެހިވަޑައި ގަންނަވާނެއެވެ. ގާނޫނީ ހަމަތަކާ އެއްގޮތަށް އެއްބަސް އެއްބަސްވެ ސޮއިކޮށް ހަވާލު ނުކޮށް އޮތްބިމެއް އޮތިއްޔާ ހަވާލު ކުރަންޖެހޭނެއެވެ.
ސިޔާސީ ހަސަދަ ވެރިކަމުގައި ސިޓީ ކައުންސިލަރުންގެ ގޮތުގައި ތިއްބަވައިގެން ސައިފް ފާތިހާ ނަހުލާ އަލީ އަރުވާ ފޮނުން އެނގި ހާމަވަނީ އާޖުފާޖު ވެސް ނޭނގޭކަމެވެ. އަމިއްލަ ނަފްސުގެ އިތުބާރު މީހުންގެ ތެރޭގައި ގެއްލި ދާއިރުވެސް ނޭނގެނީތާއެވެ. ހަސަދައާއި ނަފުރަތުން ފޯވެގެން ބަޔަކު ދައްކާހާ ވާހަކަ ގަބޫލުކުރާ ވަރަށްވުރެ މީހުނަށް ކާކަކީ ކާކުކަން އެނގޭކަންވެސް ނޭގެނީތާއެވެ.
އިބޫ ދިނީމާ މުއިއްޒު ހަވާލުކުރުން - މުއިއްޒު ދިނީމާ އާޒިމް ހަވާލުކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ