ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ފަށަނީ
ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 5،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރި ކަމުގެ ގާނޫނު" ގެޒެޓުކޮށްފިއެވެ. އިއްޔެ ގެޒެޓުގައި ޝާއިއުކުރި އެ ގާނޫނުގައި ވަނީ، ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވުމުން ކަމަށެވެ. މިގޮތުން، އެ ޖަނަވާރަކީ، ރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރަކަށް ނުވުމާއި އެ ޖަނަވާރު އެތެރެކުރަނީ، ގާނޫނުން ހުއްދަ ކުރާ ބޭނުމަކަށް ވާން ޖެހެއެވެ. މި ގާނޫނުގެ ތެރެއިން ބައެއް ޖަނަވާރުތައް އެތެރެކުރުމުގައި ޚާއްސަ ހުއްދައެއް ބޭނުންވެއެވެ. އެއީ: ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ހިމެނޭ ޖަނަވާރު ނުރައްކާތެރި ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމުގެ ހުއްދަ ނެތް ޖަނަވާރު ވިއްސައި، އާލާ ކުރުމަށް ހުއްދަ ނެތް ޖަނަވާރު ލައިވް ސްޓޮކް އަދި، ޕޯލްޓްރީގެ ގޮތުގައި ގެންގުޅެން ހުއްދަ ނެތް ޖަނަވާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި، ކަމާ ބެހޭ ގަނޫނުތަކުން ރާއްޖެ ގެނައުން ހުއްދަ ކުރާ ޖަނަވާރު އެހެން ގާނޫނެއް ދަށުން ޚާއްސަ ހުއްދައެއް އޮތުން ލާޒިމުކުރާ ޖަނަވާރު ކޮތަރެއް: ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަން ފަށަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭގެއިތުރަށް، ރާއްޖެއަށް ޖަނަވާރު އިމްޕޯޓު ކުރާ ކޮންމެ މީހަކު ވެސް އެނިމަލް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ގާނޫނުގައިވެއެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި ޕެޓް ފިހާރަތައް ނުވަތަ އެ ނޫން ގޮތަކަށް ވިޔަފާރި އުސޫލުން ޖަނަވާރު ވިއްކަން ވާނީ، ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ތެރެއިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައެވެ. އެ ތަންތަނުގައި ވިއްކޭނީ، އެކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ގޮތުގައި ހުއްދަކޮށްފައިވާ އެއްގަމުގައި އުޅޭ ޖަނަވާރާއި ދޫނިސޫފާ ސޫތްޕާއި އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރުތަކެވެ. ގާނޫނުގައި ވަނީ، ޖަނަވާރަށް ޖެހޭ ބައްޔެއް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަން ވެސް ލާޒިމުކޮށްފައެވެ. އޭގެތެރޭގައި، ޖަނަވާރަށް ޖެހޭ ބަލިތަކުގެ ނުރައްކާ ދެނެގަތުމަށްޓަކައި، ދިރާސާކުރުމާއި ބަލި ފެތުރޭ ހާލަތެއްގައި، ބަލި ޖެހިފައިވާ ކަމަށް ބެލެވޭ ޖަނަވާރު ވިއްކުން މަނާކުރުން ހިމެނެއެވެ. ށ. ފުނަދޫ ދަށްފަޅުގައި ގުޑުގުޑާ ދޫނިތަކެއް: ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނެއް ވަނީ އެކުލަވާލައިފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް އެއާއެކު، ޖަނާވަރަކަށް ލާއިންސާނީ އަނިޔާއެއް ދިނުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފަދަ އަމަލެއް ކޮށްފިނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. އަދި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނުގައި އުޅެން ދޫކޮށްލުން ގާނޫނުން ވަނީ މަނާކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. ޖަނަވާރު ރައްކާތެރިކުރުމަށް ޚާއްސަ ގާނޫނެއް އާންމުކުރިއިރު، ވެރި ރަށް މާލެ ސަރަހައްދުގައި ބުޅަލުގެ މައްސަލަ ވަރަށް ބޮޑެވެ. މާލޭގެ ގިނަ މަގުތަކުގައި ބުޅަލުގެ ނަޖިސް ހުންނާތީއާއި އެ ނޫން ކަންކަމާ ގުޅިގެން އާންމުން ޝަކުވާ ކުރެއެވެ. https://sun.mv/213083 އެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެ ފަރުކޮޅު ފުށީގައި ބުޅާ ފެސިލިޓީއެއް ހުޅުވި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ