މައުމޫން އަކީ ލޯބިވާ ބޭބެ ރައްދު ދޭކަށް ބޭނުމެއް ނޫން - ރައީސް ޔާމިން

ރައީސް ޔާމީނާއި މައުމޫނާއި ދެމެދު ހިޔާލު ތަފާތު ވުންތަކެއް އުފެދިފައި ވީނަމަވެސް މައުމޫނު އަކީ އެމަނިކުފާނުގެ ބޭބެ އަށް ވުމުން މައުމޫނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާ ރައްދު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށް ރާއީސް ޔާމިން ވިދާޅުވެއްޖެއެވެ.
"އެކި ބޭފުޅުން ޓީވީތަކަށް އަރުއްވައިގެން އަޅުގަނޑާ މެދު ސާބިތު ނުހިފޭ ވާހަކަތައް ދަނީ ދައްކަވަމުން. އެ ވާހަކައަށް މިރޭ އަޅުގަނޑު ކޮންމެވެސް ރައްދެއް ދޭން ބޭނުންވޭ. އެކަމަކު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްގެ ރައީސަކީ އަޅުގަނޑުގެ ލޯބިވާ ބޭބެ. އެހެންވީމަ އެމަނިކުފާނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އަދި އުފެދި ފައިވާ ހިޔާލުތަފާތު ވުމުގެ ސަބަބުން ޕީޕީއެމް ބައިބައިވެފައިވާތީ ހިތާމަކުރައްވާ ކަމަށާއި އެއީ ވާހަކަދައްކައިގެން ހައްލު ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި , އަދި ސީދާ އެމަނިކުފާނާއި މައުމޫނު އިށީންދެ ވަޑައި ނުގެންނެވިޔަސް ޕާޓީގެ މަންދޫބުންގެ މެދުގައި ވާޙަކަ ދެކެވި ކަންތައް ތައް ހައްލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އަދި ދައުލަތުގެ ކަންކަމުގައި މަޝްވަރާ ހޯދުމަށް ކުރިންވެސް ދެބޭފުޅުން އިށީނދެ ވަޑައިގެން ކަންކަން ނިންމެވި ކަމަށާއި އެހެން ނަމަވެސް އެކަންކަން މެދުކެނޑިގެން ދިޔައީ ސަބަބުތަކެއް ނެތި އެއް ނޫން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
އަދި ދިވެހި ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުރެ ޕާޓީއާއި ބެހޭގޮތުންނާއި ޕީޕީއެމް އާއި ބެހޭގޮތުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވުމަކީ ރައީސްގެ މަގާޟުގައި ހުރެ ކުރަން އެކަށީގެންވާ ކަންކަން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ