ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދަ އަށް އެދޭއިރު، ހުއްދަ އަށް އެދޭ ފޯމާއި އެއާ އެކު ހުށަހަޅާ ލިޔުންތަކުގެ 8 ކޮޕީ ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެންމެ ފޯމު ސެޓެއް ހުށަހަޅަންޖެހޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މީގެ ކުރިން އޮންނަ ގޮތުން ނަމަ، މައްސަލަ ހުށަހެޅުމުގެ ހުއްދަ އަށް އެދޭއިރު ވެސް މައްސަލަ ހުށަހަޅާ ފޯމާއި އެއާ އެކު ހުށަހަޅާ ލިޔުންތަކުގެ އަސްލުގެ އިތުރުން އަދި އިތުރު ތިން ކޮޕީ ހުށަހަޅަން ޖެހެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމީ ހުއްދަ ހޯދަން ހުށަހަޅަން ޖެހޭނީ ފޯމާއި ލިޔުންތަކުގެ އަސްލު ހިމެނޭ އެންމެ ސެޓެއް ކަމަށެވެ. މައްސަލަ ބަލައިގަތުމަށް ނިންމައިފި ނަމަ، މައްސަލައިގެ ބާވަތުން، އެ މައްސަލައެއް ބައްލަވަން ޖެހޭ ފަނޑިޔާރުންގެ އަދަދުން، ކޯޓަށް ހުށަހަޅަންޖެހޭ ކޮޕީގެ އަދަދު އަންގަވާނީ ކޯޓުގެ ރެޖިސްޓްރާ އެވެ.
pic.twitter.com/rtWDX3sz61— Supreme Court of the Maldives (@Supreme_Courtmv) November 19, 2019
މައްސަލަ ހުށަހެޅުމުގެ ހުއްދަ ކޯޓުން ދޭނެ ކަމުގެ ޔަގީންކަން ނޯންނަ ހާލަތުގައި ވެސް މީގެ ކުރިން ކޯޓަށް ގިނަ އަދަދެއްގެ ލިޔުން ހުށަހަޅަން ޖެހޭތީ އެކަމުގެ ޝަކުވާ ބޮޑެވެ.
މައްސަލަ ހުށަހެޅުމުގެ ހުއްދަ ހޯދަން މިހާރު ހުށަހަޅަންޖެހޭނީ އެންމެ ފޯމު ސެޓެއް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ