ކޮވިޑް19: އިމަރޖެންސީއަކަށް ތައްޔާރުވުުގެ ޑްރިލް މިއަދު ހަވީރު ބާއްވަނީ

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ދިމާވެދާނެ އެމަޖެންސީއަކަށް ތައްޔާރު ވުމުގެ ގޮތުން ހާއްސަ ޑްރިލްއެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އެތޯރިޓީން ހާމަކޮށްފިއެވެ.
އެގޮތުން މިޑްރިލަކީ ގެއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި އަތުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކުން ކަންކުރާނެ ގޮތް ހާމަކޮށްދިނުމާއެކު، އެފަދަ ހާލަތެއްގައި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްޓަކައި ވެފައިވާ ތައްޔާރީތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމުގެ ގޮތުން ބާއްވާ ޑްރިލެކެވެ.
އެހެންކަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި އެންޑީއެމްއޭ ގުޅިގެން ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ މި އެމަޖެންސީ ޑްރިލް އޮންނާނީ މިއަދު ހަވީރު މާފަންނު ބިސްބުރު ސަރަހައްދުގައެވެ.
މި ޑްރިލްގެ ބޭނުމަކީ، މިފަދަ ހާލަތަކަށް ވަކިވަކި މުއައްސަސާތަކުން ތައްޔާރުވެފައިވާ މިންވަރު ބެލުމާއި، އަދި އެފަދަ ވަގުތެއްގައި ކަންކަން ކުރިއަށްގެންދާނެ ތަރުތީބު ދެނެގަނެ ކޮވިޑް-19އަށް ޝައްކުވާ މީހާ ކަރަންޓީން ފެސިލިޓީއާއި ހަމައަށް ގެންދާނެގޮތާއި، އެމީހާގެ ފަރުވާގެ ކަންކަން ކުރިއަށްގެންދާނެގޮތް ތަޖުރިބާކުރުން ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ