ރަސްކަމާ ދެކޮޅު ތުހުމަތެއްގައި، ތައިލޭންޑުގެ މައި އިދިކޮޅު ޕާޓީ ފިއުޗަރ ފޯރވަޑު ޕާޓީގެ މައްޗަށް ކުރެވޭ ރަސްކަމާ ދެކޮޅު ތުހުމަތުގައި އެޕާޓީ އުވައިލުމާ ގުޅޭ ގޮތުން ގޮތެއް ތައިލޭންޑުގެ ސުޕްރީމް ކޯޓުން މިއަދު ނިންމާނެއެވެ. އެޕާޓީ އުވައިލުމަށް ކޯޓުން ނިންމައިފިނަމަ، މިލިޓަރީގެ މަދަދުވެރިކަން ލިބިފައިވާ ސަރުކާރަށް އެޤައުމުގެ ބަރުލަމާނުގައި ބޮޑު އަޣުލަބިއްޔަތެއް ކަށަވަރުވާނެއެވެ.އެޕާޓީގެ މައްޗަށް އުފުލާފައިވާ ތުހުމަތަކީ އެޤައުމުގައި ވަރަށް ބޮޑު ޝަރަފެއް ލިބިފައިވާ ދުސްތޫރީ ރަސްކަން އުވައިލުމަށް އެޕާޓީން ތާއީދުކުރާ ކަމުގެ ތުހުމަތެވެ. އަދި ދުނިޔޭގެ މައްޗަށް އަތް ގަދަކުރުމުގެ ވިސްނުން ގެންގުޅޭ ސިއްރު ޖަމާޢަތެއް ކަމުގައި މުއާމަރާތީ ނަޒަރިއްޔާ ޤަބޫލުކުރާ ފަރާތްތަކުން ބުނާ އިލުމަނާޓީއާ އެޕާޓީގެ މެދުގައި ގުޅުމެއް އޮންނަ ކަމުގައި ބުނެ ކުރާ ތުހުމަތުތަކެކެވެ. މިޕާޓީގެ މީގެ ދެއަހަރުކުރިން ތައިލޭންޑުގެ ބިލިއަނަރެއް ކަމުގައިވާ ތަނަތޯރން އުފެއްދެވި ޕާޓީއެކެވެ. މިދިޔަ އަހަރުގެ ޢާންމު އިންތިޚާބުގައި މިޕާޓީއަށް ލިބިފައިވަނީ ތިން ވަނައެވެ. މިއިންތިޚާބަކީ ޢަސްކަރިއްޔާއާ އެއްކޮޅު ޕަލަން ޕްރަޗަރަތު ޕާޓީއާ އެއްކޮޅަށް އޮޅުވާލާފައިވާ އިންތިޚާބެއް ކަމުގައި އެޤައުމުގެ އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރެއެވެ. ތަނަތޯރނަކީ މިހާރު އުފެދިފައިވާ ޢަސްކަރިއްޔާގެ މަދަދު އޮތް ޕާޓީއާ އެންމެ ދެކޮޅު ލީޑަރެވެ. ޕްރަޗަރަތު ޕާޓީއަށް އަޣުލަބިއްޔަތު ލިބުމާއެކު، ތައިލޭންޑަށް ޢަސްކަރީ އިންޤިލާބެއް ގެނައި ގުންޑާ ލީޑަރު ޕަރަޔުތު ޗަން އޮޗާ އެޤައުމުގެ މަދަނީ ބޮޑުވަޒީރުގެ މަޤާމަށް އެޕާޓީން ގެނެސްފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ތައިލޭންޑުގެ އިދިކޮޅު ޕާޓީ ރަސްކަމާ ދެކޮޅު ތުހުމަތުގައި އެޤައުމުގެ ސުޕްރީމް ކޯޓުން އުވައިލަފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ