ރައީސް ޔާމިނުގެ ޣައިރު ޙާޟިރުގައި ޕީޕީއެމްއިން ބޭއްވި ފުރަތަމަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ކޮޅުމަނޑުލު ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނު ކަމުގައި ދިޔަރެސްއަށް ކަށަވަރުވެއްޖެއެވެ. ރައީސް ޔާމީނުގެ މައްޗަށް ޖަލު ހުކުމެއް އިއްވައި ޖަލުގައި ބަންދުކުރެވުމަށްފަހު ޕީޕީއެމްއިން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ އެޕާޓީގެ ކައުންސިލޔުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެޕާޓީގެ ނައިބު ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބޭފުޅު ވިދާޅުވާ ޣައްސާނު މައުމޫނެވެ. ޣައްސާނު މައުމޫނު ރިޔާސަތުގައި އިންނަވައިގެން ބޭއްވި ކައުންސިލު ބައްދަލުވުމުގައި ޕީޕީއެމްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވެއެވެ. އެނިންމުން ނިންމާފައިވަނީ އެކައުންސިލުގެ ހުރިހާ މެންބަރުންގެ އިއްތިފިާޤުންނެވެ. އަދި ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ޕީޕީއެމްއިން ކުރިއަށް ގެންދާނެ ކެމްޕެއިނު އެޕާޓީއިން ރާވާ ކުރިއަށް ގެންދިއުމަށް ޚާއްޞަ ކޮމިޓީއެއް އިންތިޚާބުކޮށްފައިވެއެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްއާއި ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާންއާއި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ރަޝީދުގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިލިޔުން ކިޔާލުމުން
88 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
13 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައީސް ޔާމީނުގެ ޣައިރު ޙާޟިރުގައި ޕީޕީއެމް ކައުންސިލުގެ ރިޔާސަތުގައި ޣައްސާން މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ