ނަރުދޫގައި އަޅާ އިންޖީނުގެ އިމާރާތް ކުރަން ބަޔަކާއި ހަވާލުކޮށްފި

ށ. ނަރުދޫގައި އަޅާ އިންޖީނުގެ އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ފެނަކައިގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ފެނަކަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުއެެވެ.
އެރަށުގައި އަޅާ އިންޖީނުގެ އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ، ސީސައިޑް ޕްރައިވެޓް ލިމިޓެޑް އާއެވެ.
މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ތިން މަސް ދުވަހަށެވެ. ތިން މަސް ދުވަސް ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމާ ހަވާލު ކުރަން ޖެހެއެވެ.
މި މަޝްރޫއުގެ އަގަކީ 5،111،111.05 ރުފިޔާއެވެ.
މިއީ މި ސަރުކާރުން އަޅަން ހަވާލު ކުރި 18 ވަނަ އިންޖީނު ގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ