ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކަރަންޓް އަގު ހެޔޮކުރާނަން: އިބޫ

އަތޮޅުތަކުގެ ތެރޭގެ ރަށްތަކުގެ ވިޔަފާރިތަކަށް މިހާރު ކަރަންޓް ފޯރުކޮށްދޭ ބޮޑު އަގަށް ބަދަލު ގެނެސް ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ކަރަންޓްގެ އަގު ހެޔޮކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ.
ލ ފޮނަދޫގައި އިިދކޮޅު ކޯލިޝަނުން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓް ބިލަކީ ބުރައަކަށް ނުވާނެ ގޮތަށް ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި މާލެއާއި އެއް ހަމައެއްގައި އަތޮޅުތަކުގެ ގޭ ބިސީތަކަށް ކަރަންޓް ފޯރުކޮށްދިން ނަމަވެސް ވިޔަފާރިތަކަށް ކަރަންޓް ފޯރުކޮށްދޭ އަގަށް ހެޔޮބަދަލެއް ގެނެވިފައި ނުވާތީ ވިޔަފާރިވެރިންގެ ޝަކުވާ އެކެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރުމުގެ އިތުރަށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަކީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ބޮޑު އަހައްމިޔައްތުކަން ދޭނެ އެއް ދާއިރާކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ