މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

މިއަދު ހެނދުނު 8.00 ހާއިރުން ފެށިގެން މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
މާލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑެން ދިމާވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާކަމަށާއި، މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މައްސަލަ ހައްލު ކުރަމުން އަންނައިރު، މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ހިދުމަތް ލިބެން ވަނީ ފަށާފައެވެ. އެހެން ނަމަވެސް މުޅި މާލެއަށް އަލުން ކަރަންޓު ލިބޭނެ އިރެއް ނޭނގެއެވެ.
މިދިޔަ ހަފުތާގައި ވެސް މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ