ސުޕްރީމް ކޯޓުގައި ތިއްބެވީ ރާއްޖޭގައި ތިއްބެވި އެންމެ ފެންވަރު ރަނގަޅު ފަނޑިޔާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުން – ޝަރުޢީ ނަޒަރަކުން ބަލާލުން" ނަމުގައި ޝަރުޢީ ދާއިރާ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ކޮލޯކިއަމްއެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ނިންމެވުންތަކާއި މެދު ސުވާލު ވެސް ނުއުފުއްދޭނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް އެބޭފުޅުންގެ މަސައްކަތާއި ދޭތެރޭ ސުވާލު އުފެއްދޭނެ ކަންކަމެއް ނޫން. އެކަމަކު ބޭރުން މިކުރެވޭ މުއާމަލާތަކުގައި ލިޔާ ރިޕޯޓް ތަކުގައި މިއަށް ސުވާލު އުފައްދާ، މިއީ ޝަރުތެއްކަމަށް މިހައްދަވަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމު އޮތީ ހިތްހަމަ ޖެހޭ ގޮތަކަށް ނޫންކަމަށް ވިދާޅުވެ ރާއްޖެއިން ބައިވެރިވާ އެކިއެކި ޖަމާއަތްތައް މެދުވެރިކޮށް ފިއްތުންތައް މެދުވެރި ކުރަމުން ގެންދާ ކަމަށެވެ.
"ކުޑަގައުމަކަށް ވާތީ ހުރި ގޮންޖެހުންތައް ގިނައީ. ކުޑަގައުމަކަށް ވާތީ އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ ކަންކަން ވަކިން ގިނައީ. އެހެންވީމަ އަޅުގަނޑުމެން ކޮލޯކިއަމްތައް ހަދައިގެން ކުރަމުންދާ މަސައްކަތުގެ ނަތީއްޖާއަކަށް ވާންވާނެ އަޅުގަނޑުމެންގެ ޝުހުރަތު، އަޅުގަނޑުމެން ބޭރުގެ ޕޯޓްރޭވެގެންދާގޮތް ބަދަލުކުރުން". ރައީސް ވިދާޅުވިއެވެ.
ކޯޓުތަކުގެ ތައްގަނޑު ފޯޖުކޮށްގެން ކޯޓު އަމުރު ނެރޭ މައްސަލަ އަށް ވެސް ފާޑު ވިދާޅުވެ ރައީސް ވިދާޅުވީ އެކަމަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހިނގާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވީ ރާއްޖޭގައި ތިއްބެވި އެންމެ ފެންވަރު ރަނގަޅު ފަނޑިޔާރުން – ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ