ބަންދުގެ މުއްދަތު އިތުރުކުރުމަށް ގާސިމް ކޯޓަށް ހާޒިރުކޮށްފި

ރޭގެ ވަގުތެއްގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ގާސިމް ކޯޓަށް ހާޒިރުކުރިއިރު، އެ ސަރަހައްދުގައި އިދިކޮޅު ޕާޓީތަކަށް، ނިސްބަތްވާ ބައެއް ބޭފުޅުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައެވެ.
ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ