ޕްރޮސިކިއުޓަރުން ކޯޓުތަކަށް ވަޑައިގަތުމަށް އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ދައުވާތައް އުފުލުމަށާއި ދައުވާތަކަށް ޖަވާބުދާރީ ވުމަށްޓަކައި، ޕްރޮސިކިއުޓަރުން ކޯޓުތަކަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުން ދެންމެ އަމުރެއް ނެރެފި އެވެ.ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރުނުއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުން، ޕީޖީގެ ވަކީލުން ވަނީ ކޯޓުތަކަށް ވަޑައިގަތުން ހުއްޓާލައްވައިފަ އެވެ. ޕީޖީގެ ވަކީލުން ވިދާޅުވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ޒިންމާތަކާއި ދާއިރާ ޕީޖީގެ ގާނޫނުގައި ކަނޑައަޅާފައިވާ
ކަމަށާއި އެ ގާނޫނުގައިވާ ގޮތުންގެ މަތީން ނޫން ގޮތަކަށް، ޕީޖީ އޮފީހުގެ މުވައްޒަފުންނަށްވާ އިރު ޕީޖީގެ މައްޗަށް ގާނޫނު
އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެވިދާނެ ކަމަށް ނުދެކޭ
ކަމަށެވެ.ޕީޖީ އޮފީހުގެ ކަމާއި ބެހޭ ޕްރޮސިކިއުޓަރުންނާއި ދައުލަތުގެ ކަމާއި ބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާތައް އުފުލުމާއި އަދި އެފަދަ ދައުވާތަކާ
ގުޅިގެން ކޯޓުތަކުގައި ޖަވާބުދާރީވުމަށްޓަކައި ގާއިމް ކުރާ ޕަބްލިކް
ޕްރޮސެކިއުޝަން އޮތޯރިޓީ އަކީ ފަރުދުންނާއި މުޖުތަމައުގެ ހައްގުތައް ހިމާޔަތްކޮށް، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގެ މަގުސަދުގައި ގާއިމްކުރެވޭ އޮތޯރިޓީއެއް ކަމަށެވެ. "މުޖުތަމައުގެ ހައްގުތައް
ނިގުޅިގެންގޮސް، އެ މުޖުތަމައެއްގެ އަމަންއަމާންކަމަށް ބުރޫ އަރާ ފަދަ
އެއްވެސް ކަމެއް ދުސްތޫރީ ވެރިކަމެއް ހިނގާ ދިމިގްރާތީ މުޖުތަމައެއްގައި
ހުއްދަ ކުރެވިދާނެ ޝަރުއީ އަދި ގާނޫނީ ވިޔަސް ހަމައެއް ނެތަތީ އާއި، ދިވެހި
ދައުލަތް ދެމިއޮތްހައި ހިނދަކު، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް
ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތް ގޮތުގެ މަތިން ހިނގަހިނގާ އޮތުމަކީ
ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި ދިވެހި
ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި
ކޮންމެހެން ބޭނުންތެރި ކަމެކެވެ،" އަމުރުގައިވެ އެވެ.ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނީ، ކޯޓުތަކަށް ހާޒިރުވެ ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާތައް
އުފުލުމާއި އެ ފަދަ ދައުވާތަކަށް ޖަވާބުދާރީވުމަށްޓަކައި،
ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާގެ ނައިބަކަށް ހުރި ފަރާތަކުން އެއްވެސް
ފަރާތެއް އައްޔަން ކުރައްވާފައިވާ ނަމަ، އެފަދަ އެއްވެސް ފަރާތަކުން، އެ ދެ
ފަރާތް ނުވަތަ އެ ދެ ފަރާތުން ކުރެ ފަރާތަކާ ކުރިއްސުރެ ހަމަޖެހިފައިވާ
ގޮތުގެ މަތިން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން ބަރީއަވެ ގަނެ، ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާ އުފުލުމާއި އަދި އެފަދަ ދައުވާތައް
ލިބިގަތުމުގެ ގާނޫނީ ވާޖިބުން ރެކެވިދާ ފަދަ ޝަރުއީ، ގާނޫނީ ވިޔަސް
ހަމައެއް ނެތް ކަމަށެވެ.އަމުރުގައި ބުނީ އެފަދަ ހާލަތްތަކުގައި ރިއާޔަތްކުރަން ޖެހޭ އުސޫލުތައް ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ބަަައެއް އަމުރުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް ހުކުމްތަކާއި އަމުރުތަކުގައި ބަޔާންކޮށްފައި ވާތީ، ހާލަތުއްޟަރޫރާގެ މައްޗަށް ރިއާޔަތްކޮށް، ޕްރޮސެކިއުޓަ ޖެނެރަލް އާއި އޭނާގެ
ނައިބުގެ މަގާމަށް މީހަކު މި ވަގުތު އައްޔަން ކުރެވިފައި ނެތަސް ހާލަތުއްޟަރޫރާ އާއި ކޮންޓިނިއުޓީ އޮފް ލީގަލް
ގަވަމެންޓްގެ ދަށުން ދިވެހިރާއްޖޭގެ ޕްރޮސިކިއުޝަން އޮތޯރިޓީގެ
މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޖިނާއީ ދައުވާތަށް އުފުލުމާއި
އެފަދަ ދައުވާތަކަށް ޖަވާބުދާރީވުމަށްޓަކައި، ޖިނާއީ މައްސަލަތައް ބެލުމުގެ
އިހުތިސާސް ލިބިފައިވާ ކޯޓުތަކަށް ހާޒިރުވާން ވާނެ ކަމަށް އަމުރުގައިވެ އެވެ."...އަދި އެކަމާ ގުޅިގެން
ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން އިންތިޒާމް ކުރަންޖެހޭ އެންމެހައި
ކަންތައްތައް އިންތިޒާމްކުރުމާ އެކު އިތުރު އެއްވެސް އުޒުރެއް
ކުރިމަތި ކުރުމަކާ ނުލައި، ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-SJ/02 ކޯޓު
އަމުރާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން
ގެންދިއުމަށާއި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ
އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ކަމާ ބެހޭ ޕްރޮސިކިއުޓަރުންނާއި
ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ