ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކަރަންޓް ބިލްތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ބިލްތަކަށް ޖޫރިމަނާ ދެއްކުމުގައި އަމަލު ކުރާ އުސޫލަށް ބޮޑު ބަދަލެއް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގެންނާނެ ކަމަށް އެނާޖީ މިނިސްޓްރީން ބުނެފި އެވެ.
އެނާޖީ މިނިސްޓްރީގެ 100 ދުވަހުގެ ތަސައްވުރު އިއުލާންކުރި އިރު އެ މިނިސްޓްރީން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ސައްތައިގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ކަރަންޓް ބިލްތަކަށް ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާގެ އަދަދު 10 ރ. އަށް ބަދަލު ކުރާނެ ކަމަށެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނީގެ މީޑިޔާ ކޯޑިނޭޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ، މިހާރު ސްޓެލްކޯގެ ކަރަންޓް ބިލުގެ މުއްދަތު ހަމަވެއްޖެނަމަ ކަރަންޓް ބިލަށް އަރާ އަދަދުގެ އިތުރަށް ދެ ޕަސެންޓް ދައްކަންޖެހޭނެ ކަމަށާއި، އެ ދެ ޕަސެންޓް 10ރ. ރެ އިތުރު ނުކުރާ ގޮތަށް ނިންމުމުން ކަސްޓަމަރުންނަށް ބޮޑު ލުޔެއްވާނެ ކަމަށެވެ.
ނާޒިރު ވިދާޅުވީ މި ބަދަލު ވަރަށް އަވަހަށް ގެންނަން މަސައްކަތް ކުރާ ކަމަށާއި 100 ދުވަހުގެ ތެރޭގައި އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓާ ގުޅޭ އިތުރު ހަތް މަޝްރޫއެއް ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި އިއާދަ ކުރުވަނި ހަކަތައިން ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ފަށައި އެ މަޝްރޫއު ނިމޭއިރު، މިހާރު ޑީސަލް ބޭނުން ކޮށްގެން ފޯރުކޮށްދޭ ކަރަންޓު ހިދުމަތުގެ 30 ޕަސެންޓް އިއާދަ ކުރުވަނިވި ހަކަތައަށް ބަދަލު ކުރާނެ އެވެ.
ކަރަންޓް ބިލުގެ ޖޫރިމަނާއަށް ދައްކަންޖެހޭ އަދަދު ކުޑަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ