ކޯޓުން ވަކި އެއްޗެއް އަންގަންދެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ އޭޖީ އަހްމަދު އުޝާމް ވިދާޅުވީ ކޯޓުން ވަކި ގޮތެއް ނިންމަންދެން އިންތިހާބުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލާފައިވާ ކަމަށާއި، ދެން މަސައްކަތްތަށް ފަށާނީ ކޯޓުން މައްސަލަ ބަލާ ވަކިގޮތެއް އެންގުުމުން ކަމަށެވެ.
ސިވިލް ކޯޓުން ވަކީލަކު އިންތިހާބު ކުރުން ފަސް ކުރުމަށް އަމުރު ނެރެފައިވަނީ އިންތިހާބާ ގުޅިގެން ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު، އެޓާނީ ޖެނެރަލް އޮފީހުގެ މައްޗަށް ކުރި ދައުވާއަކާއި ގުޅިގެންނެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ނެރުއްވި އަމުރުގައި ބުނެފައިވަނީ އަބްދުއް ރައްޒާގުގެ ފަރާތްޕުޅުން ޝަރީއަތަށް ހުށަހެޅި މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ ކޯޓުން ވަކިއެއްޗެއް އަންގަންދެން ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބު ނުބޭއްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.
ރައްޒާގު ދައުވާގައި ބުނަނީ ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އިންތިޚާހާބު ކުރަން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ ދަށުން ބާއްވަންޖެހޭ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންތަކެއް އެ ހައްގުން މަހުރޫމުވާގޮތަށް، އަދި އެ އިންތިހާބުގައި އަމަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާ އުސޫލުާއި ހިލާފަށް، އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިއުމަށް އިންތިޒާމުކޮށްފައިވާ ކަމަށެވެ.
ކޯޓުން ގޮތެއް ނިންމުން ނޫނީ އިންތިހާބު ނުބާއްވާނަން: އޭޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ