ސީރިޔާގެ ރައްޔިތުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އ.ދ އިން ފައްޓައިފި އެވެ.
ސީރިޔާގެ ރައްޔިތުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އ.ދ އިން މި ފެށީ ސޫރިޔާގެ ޙާރިޖީ ވަޒީރު ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ބުރުގައި ބައިވެރިވާން އެބަސްވުމާއެކުއެވެ.
ވަގުތީ ހިޔާތަކަށް ބަދަލުކުރުމަށް ފުރަތަމަ އ.ދ އިން ފެއްޓީ ސޫރިޔާގެ މައި ރަށް ކަމުގައިވާ "ހޯމްސް" އިންނެވެ.
އެގޮތުން މިހާތަނަށް ހޯމްސް އިން ޖުމްލަ 35 މީހުން އެހެން ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންކަމަށް ރިޕޯޓްތަށް ބުނެއެވެ.
ސީރިޔާގައި ކުރިޔަށް ދާ ދާހިލީ ހަނގުރާމައިގައި އެތަށް އާއިލާ ތަކުން މުދަލާއި ގެދޮރު ގެއްލިފައިވާއިރު 3000 (ތިންހާސް) އަށް ވުރެ ގިނަ މީހުން އެ ޤައުމުގެ އެކި ސަރަހައްދު ތަކުގައި ތާށިވެފައިވެއެވެ.
ސީރިޔާގެ ހާރިޖިއްޔާއިން ބުނީ ސީރިޔާގެ އެކި ގައުމުތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރެވުނުކަމީ އެ މިނިސްޓްރީން ވަރަށް ބޮޑަށް އުފާކުރާކަމެއްކަމަށާއި ހުރިހާ ކަމެއް އަދި ދަނީ ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކަމަށެވެ.
ސީރިޔާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ހޯމްސްއަކީ މީގެ ތިން އަހަރު ކުރިން ސީރިޔާގައި ފެށުނު ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފައިވާ ރަށެކެވެ.
ސީރިއާގައި ފެށިފައިވާ ހަނގުރާމައިގައި މިހާތަނަށް އެއްލަކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި މި ހަނގުރާމައާ ގުޅިގެން އެގައުމުގައި ދިރިއުޅޭ އެއްމިލިއަނަށްވުރެ ވެސް ގިނަ މީހުން އެގައުމު ދޫކޮށް ކައިރި ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ..
ސީރިޔާގެ ރައްޔިތުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ