ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުން ލާޒިމް - މައުމޫން

ދިވެހިރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.މައުމޫން މިހެން ވިދާޅުވެފައިމިވަނީ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ގެނައި އިސްލާހުތަކަށް އިއްޔެ ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެމްބަރުން ގައުމީ ޔުނިވާސިޓީ ފެކަލްޓީއަކަށް ހެދުމަށް ވާހަކަ ދައްކަވާ އެކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.މި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލޙް ޓެގު ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.އިސްލާމިކް ޔުނިވަސިޓީ ގައުމީ ޔުނިވަސިޓީގެ ގޮތްޕެއްގެ ގޮތުގައި ބަދަލުކުރުމަށް އެމްޑީޕީ މެންބަރުން ގޮވާލެއްވި މައްސަަލައިގައި ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވުންނެވެ.މައުމޫންގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް ވަނީ އިސްލާމިކް ޔުނިވަރސިޓީ ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެ ވިސްނުމާ ދެކޮޅު ކަން ހާމަކޮށްފައެވެ.އައިޔޫއެމްގެ ގާނޫނަށް އިސްލާހުތައް ހުށަހެޅީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ