ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވިގެން އުޅެނީ ތިން ސަބަބަކާ ހުރެ:ނަޝީދު

ޖޭއެސްސީއަށް ފަނޑިޔާރު ޖަވާބުދާރީ ނުކުރެވެގެން އުޅެނީ ތިން ސަބަބަކާހުރެ ކަމަށް ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ފަނޑިޔާރު ޖަވާބުދާރީ ނުކުރެވިގެން އުޅޭ ފުރަތަމަ ސަބަބަކީ ރާއްޖޭގެ ބައެއް ފިޔަފާރިވެރިން ކަމަށާއި ވިޔަފާރިވެރިންނަށް ހީވެފައި އޮތީ ރާއްޖޭގެ ކޯޓުތަކަކީ ވިޔަފާރިއަށް އެހީތެރިވެ ފައިސާ ހޯދުމަށް އޮތް ވަސީލަތެއްކަމުގައި ކަމަށެވެ. ދެވަނަ ސަބަބެއްގެ ގޮތުގައި ނަޝީދުވަނީ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި އޮންނަ ގާތް ގުޅުން ފާހަގަކޮށް ސިޔާސީ ލީޑަރުން ސިޔާސީ ބާރު ހޯދުމަށްޓަކައި ފަނޑިޔާރުން ބޭނުން ކުރަމުންދާވަކަމަށް ވިދާޅުވެފައެވެ. ތިން ވަނަ ސަބަބެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ގޭންގުތަކާއި ފަނޑިޔާރުންނާއިގާތް ގުޅުމެއް އޮންނަކަމަށެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ގޭންގުތަކުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަނޑިޔާރުންނާއި އެގުޅުން ބާއްވަމުން ގެންދާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައިވެސް އިންނަވާ ނަޝީދު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ބައެެއް ވިޔަފާރިވެރިންނާއި ގާތް ގުޅުން އޮންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ