ތޮއްޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ހަސަން ޝިޔާން ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝިޔާން ތޮއްޑޫ ދާއިރާ ކާމިޔާބު ކުރެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
އިންތިހާބުގެ ވަގުތީ ދައްކާގޮތުން ޝިޔާން އަށް ލިބިފައިވަނީ 757 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި ޖޭޕީގެ ކެނޑިޑޭޓް އިބްރާހިމް ހަސަން އަށް ލިބިފައިވަނީ 344 ވޯޓެވެ.
ތޮއްޑޫ ދާއިރާގައި ވޯޓު ލެވޭ 2711 މީހުން ތިބިއިރު، ވޯޓު ލާފައިވަނީ 1384 މީހުންނެވެ.
ތޮއްޑޫ ދާއިރާގެ ގޮނޑި ޝިޔާން ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ