ލެވިސްޓާ ފުޓްސަލް ކަޕް” ގެ ޗެމްޕިއަންކަން އޭދަފުށި އޯޝަން ޓައިޑްސް ޓީމުން ހޯދައިފި

އޭދަފުށީ ދާއިރާގެ ތިން ރަށް ، އޭދަފުށި ،ހިތާދޫ އަދި މާޅޮހަށް އަމާޒުކޮށްގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން އޭދަފުށީގައި ބޭއްވި “ލެވިސްޓާ ފުޓްސަލް ކަޕް” ގެ ޗެމްޕިއަންކަން އޭދަފުށި އޯޝަން ޓައިޑްސް ޓީމުން ހޯދައިފިއެވެ.
ފައިނަލް މެޗުގައި މިއަދު ހަވީރު އޭދަފުށީ ޑައުންޓައުން ޓީމާ ވާދަކޮށްގެން އޯޝަން ޓައިޑްސް މޮޅުވެފައިވަނީ 5-1 އިންނެވެ.
މި މުބާތާރުން އޮޝަން ޓައިޑްސް މޮޅު ވުމާއެކު އެޓީމްގެ ކޮންމެ ކުޅުންތެރިއަކަށް ޖީއެން 125 ބްރޭންޑުގެ މޮޓޯސައިކަލެއް ވަނީ ލިބިފައެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޯޝަން ޓައިޑްސްގެ އަހުމަދު އަޝްރަފް (ސޮބީ) އާއި މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއީލް ޝަރީފަށް ވަނީ ހޮންޑާ އާރުއެކްސް 125ސީސީ ގެ ސައިކަލެއްވެސް ލިބިފައެވެ. ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ލިބުނު ސައިކަލާއެކު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސޮބީ އަށް ވަނީ ދެ ސައިކަލު ލިބިފައެވެ.
ދެ ދުވަހުގެ މުއްދަތަށް ދެމިގެން ދިޔަ މި ފުޓްސަލް މުބާރާތުގައި އޭދަފުށީގެ ހަތް ޓީމަކާއި ހިތާދުގެ ތިން ޓީމާއި މާޅޮހުން އެއް ޓީމާއެކު ޖުމްލަ 11 ޓީމުން މި މުބާރާތުގައި ވާދަކުރިއެވެ.
ލޮޓަސް ފިހާރައިން ކުރިން ބުނެފައިވަނީ މި މުބާރާތަށްފަހު އަގުބޮޑު އިނާމުތަކެއް ހުށައެޅިފައިވާ ފުޓްބޯޅަ މުބާރާތެއްވެސް ކައިރި މުސްތަގްބަލުގައި ބާއްވާނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ