މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އެޓާނީ ޖެނެރަލް އޮފީހުން ހުޅުވާލައިފިއެވެ.
އެކަން ހާމަކޮށް މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އަންނަ ހަފްތާ އާދީއްތަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 31 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެ ބޯޑުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ ބޯޑަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން ތިރީސް އަހަރު ފުރިފައިވުމާއި، ޚިޔާނާތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައި ނެތުމާއި ޖިނާއީ އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ ފަސް އަހަރު ވެފައި ވުމާއި، މަސްލަހަތެއް އޮތުމުގެ ސަބަބުން އެ ބޯޑުގެ މެމްބަރުކަން ކުރަން ހުރަސް އެޅިފައި ނެތުމާއި، އަދި 10 އަހަރުގެ ތަޖުރިބާ ހުރުމާ އެކު އެ ބޯޑުގެ މެމްބަރުކަން ކުރެވޭނެ އިލްމު ހުރިކަން މީހެއްކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.
އާބިޓްރޭޝަން ސެންޓަރުގެ ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ