ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ކުރައްވައިފި

ސުޕްރީމްކޯޓުގެ ބެންޗް 7 ފަނޑިޔާރުންނަށް އިތުރުކޮށް ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
މި އިސްލާޙު ގެނެސްފައިވަނީ ޖުލައި މަހުގެ 17 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. އެ ބިލަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 5 ވަނަ މާއްދާ އިޞްލާޙުކުރުމުގެ ބިލެވެ. އެގޮތުން އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ "ސުޕްރީމްކޯޓް އެކުލެވިގެންވާގޮތް" އިޞްލާޙުކޮށްފައިވާއިރު އެ އިޞްލާޙުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް ޢައްޔަންކުރެވޭ އިތުރު 6 ފަނޑިޔާރުންނާއެކު، ޖުމްލަ 7 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ