އަނިޔާވެރިކަން ނިމޭނީ ރައްޔިތުން އަތުގައިވާ ބާރު ރައްޔިތުންނަށް ވިސްނިގެން - ރޮޒޭނާ

އަނިޔާވެރިކަން ނިންމޭނީ ރައްޔިތުން އަތުގައިވާ ބާރު ރައްޔަިތުންނަށް ރަނގަޅަށް ވިސްނިގެން ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބާރު އޮންނާނީ ރައްޔިތުންގެ އަތުގަ ކަމަށާއި އެކަން ހުރިހާ ރައްޔިތުންނަށް ރަނގަޅަށް ވިސްނިގެން ނޫނީ މި އަނިޔާވެރިކަމަށް ނިމުމެއް ނެތް ކަމަށެވެ.
ރައީސް ޔާމީން ސަރުކާރުގެ އަނިޔާވެރިކަން ނިންމުމުގެ ނަމުގައި މިރޭ އިދިކޮޅު ފަރާތްތަކުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު މޭޑޭގައި އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ހިންގި ހަރަކާތުގައި ދެ ފުލުހަކަށާއި ގިނަ ރައްޔިތުންނަށް ވަނީ އަނިޔާވެފައެވެ.
އަދި އިދިކޮޅު ތިން ޕާޓީގެ އިސް ލީޑަރުންނާއި އާންމުވެސް ދޫނިދޫ ޖަލަށް ލާފައިވާކަން ފާހަގަކޮށްލެވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މޭޑޭގައި އަނިޔާވެރިކަމާ ދެކޮޅަށް ނިކުތުމުން ސަރުކާރުގެ އަނިޔާވެރިކަން ރައްޔިތުންނަށް އިތުރަށް ދައްކައިދީނީ ކަމަށެވެ. އަދި ސަރުކާރުން ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިނުވާ ކަމަށާއި ކުށްވެރިއަކު ޖަލުގައި އޮތުމަކީ އަނިޔާވެރިވުން ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ