ގާސިމް ޖޭއެސްސީން ވަކިވެއްޖެކަން އަންގަވައިފި

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުން އޭނާ ވަކިވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާސިމް އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިވެފައި ވާތީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ އިތުރުން ގާސިމަށް ވެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެކަން އަންގަވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވެފައި ވަނީ އޭނާ ޖޭއެސްސީގެ މެމްބަރު ކަމުން ވަކިވެއްޖެކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ