އިދިކޮޅޫ އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށްވެސް ވޯޓު ނުދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ގޮވާލައިފިއެވެ.
ގާސިމް މިގޮތަށް ގޮވާލާފައި މިވަނީ، އެމްޑީޕީ ބައިވެރިނުކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބާކީކޮށް ވަކިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅުއްވާފައި ވާއިރު، ގާސިމް ވަނީ އެމްޑިޕީ އެއްވެސް މެމްބަރަކު ނުހިމެނޭ ގޮތަށް ކޯލިޝަން ސަރުކާރެއްގެ ކެބިނެޓަށް 22 ނަމެއްވެސް ހުށަހަޅާފައެވެ.
އެމްޑީޕީ އާއި ޕީޕީއެމް އަށްވެސް ވޯޓު ނުދިނުމަށް ގާސިމް ގޮވާލައްވައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ކޯލިޝަންގެ މަޝްވަރާއާއި ނުލައި އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ނިންމަވައި "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕޭންވެސް ފައްޓަވާފައެވެ. މިކަމުގެ ސަބަބުން އިދިކޮޅު ކޯލިޝަން ވަނީ ބައިބައިވެ ރޫޅިފައެވެ.
-އިތުރު ތަފްސީލު އަންނަނީ-
އެމްޑީޕީ އާއި ޕީޕީއެމް އަށްވެސް ވޯޓު ނުދިނުމަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ