ކުރީގެ ރައީސުންގެ މުސާރަ މުރާޖައާ ކުރުމަށް ރައީސް މައުމޫން ތާއީދު ކުރައްވައިފި

ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް މުރާޖައާ ކުރުމަށް ތާއިީދު ކުރައްވާކަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހާމަކުރައްވައިފިއެވެ.
އެކަން ހާމަކޮށް، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ރައީސް މައުމޫންގެ އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި، ކުރީގެ ރައީސުންނަށް ދެމުންގެންދާ އިނާޔަތްތައް މުރާޖައާ ކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަމަށް އެ ސިޓީފުޅުުގައި ވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް މުރާޖަޢާކުރުމުގެ މައްސަލަ އާއި ގުޅޭގޮތުން އެ ކޮމިޓީން ނިންމެވީ، 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 އިންސައްތަ 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 އިންސައްތަ ކުޑަ ކުރުމަށެވެ.
މީގެ އިތުރުން 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓު ކުޑަ ކުރުމަށާއި، ކުޑަ ކުރާ މުސާރަ ކުޑަ ކުރާނެ މުއްދަތަކީ، މި މެއި މަހަށާއި އަންނަ ޖޫން މަހާއި ޖުލައިކަމަށް ކޮމިޓީން ނިންމެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ