މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑިއްޖެ
މާވެޔޮ މަގު ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެކްލޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ މިރޭ 9:30 އެހައިކަންހާއިރު އެވެ. https://twitter.com/STELCOMALDIVES/status/1262421828745564173 އަދި ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ. މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑިފައިވާއިރު މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ