އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ މެމްބަރު ހަލީމް ގޮވާލައްވައިފި

މި ދަނޑިވަޅުގައި ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަށް އެމްޑީޕީގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް[ދޮންބިލެތް] ގޮވާލައްވައިފި އެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކޮވިޑް19 ގެ މަސައްކަތްތަކުގައި ސަރުކާރުގެ ކަންތައްތައް މިއަށްވުރެ ހަރުދަނާ ވާން ޖެހޭނެކަށެވެ. ހަލީމް ވިދާޅުވީ މިއީ އިހުލާސްތެރި ސަރުކާރެއް ނަމަވެސް ސަރުކާރުގެ ވުޒާރާތަކުގައި ހިންގަވަން ތިބި ގިނަ ބޭފުޅުންނަކީ، ގާބިލު ބޭފުޅުން ނޫން ކަމަށެވެ.
އެހެންކަމުން މި މިދަނޑިވަޅުގައި ހޯމް މިނިސްޓްރީއަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ވީހާ ވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރަކު ނެގުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ވީހާވެސް އަވަހަކަށް ހޯމަ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓެއް ނަގާ އިމްރާން އަބްދުﷲ ބޭރު ކޮށް އަޅުގަނޑުމެންނަށް ވީހާ އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ނެގުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އަޅޔގަނޑު ދެކެން
- ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް[ދޮންބިލެތް]
އޭނާ ވިދާޅުވީ މިކަމުން ރާއްޖެ އަރައިގަނެވޭނީ ވީހާވެސް އަވަހަކަށް ސަރުކާރުގެ ވުޒާރާތައް"އޯވަރހޯލް" ކޮށްގެންނެވެ. އެހެން ކަމުން ގިނަ ވަޒީރުންތަކެއްގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ޖެހޭ ކަމަށް ވިދާޅުވިއެވެެ. ހަލީމް ވިދާޅުވިގޮތުން ރާއްޖޭގައި ގާބިލު، ކިޔަވައިގެން ތިބި، ވަޒީރުކަން ކުރެވޭ މީހުން އެބަތިއްބެއެވެ. ވަރަށް ގިނަ ވަޒީރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ޖެހޭކަމަށް ވިދާޅުވިއިރު އިމްރާން ފިޔަވައި ދެން އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ވަޒީރެއްގެ ނަމެއް ވިދާޅެއް ނުވެއެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓެއް ނެގުމަށް ހަލީމް ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް މީހަކު އަޅުވާ ވީޑިއޯއެއް ތަހުގީގު ކުރުމަށް ނަޝީދު ވަނީ ނިންމަވާފައެވެ. އެ ވީޑިއޯ އަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އިމްރާން ކުރެއްވި ޓްވީޓަކާއި އެކު އާންމު ކޮށްފައިވާ ވީޑިއޯއެކެވެ.
ރ.އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް ރަައީސް ނަޝީދު ރަސޫލާ އާއި މެދު އިހާނެތި ބަސްބުނެފައިވާ ކަމުގެ ދޮގު އިލްޒާމު އަޅުވާފައިވާތީ އޭނާ އާއި އަދި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް މިހާރު ވަނީ ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ