އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް، އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކަރަންޓުގެ ހިދުމަތް މެދު ކަނޑާލަން ނިންމާފައި ވަނީ، އެކުންފުނިން އައްޑޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލ ޕަވާ ސްޓޭޝަނުގައި އަލަށް ބެހެއްޓުނު 2 މެގަވޮޓުގެ 2 ޖެނެރޭޓަރުން އައްޑޫ ސިޓީއަށް ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި، ޖެނެރޭތަރުގެ މެއިން ޕެނަލަށް ގުޅަން ޖެހޭ ކޭބަލް ގުޅުމަށްޓަކައި ކަމަށެވެ.
އަދި ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަށް ހަމަޖެހިފައި ވަނީ، 16 ޑިސެމްބަރު 2017 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 13:00 އާ ދެމެދު ކަމަށް ފެނަކަ އިން ވަނީ ހާމަ ކޮށްފައެވެ.
މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ފެނެކައިން ވަނީ ކަސްޓަމަރުންގެ ގާތުން ނިހާޔަތައް މައާފަށް އެދިފައެވެ. އަދި މިފަދަ ކަންތަކުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި، ރައްޔިތުންގެ ކެތްތެރިކަމަށްޓަކައި ފެނަކަ އިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކޮށްފައެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު އައްޑޫ އިން ކަރަންޓް ކެނޑޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ