ސްޓެލްކޯ ފިޔަވައި އެންމެ ވަރުގަދަ އިންޖީނުގެ ހުރި ސިޓީއަކަށް އައްޑޫ ސިޓީގެ އިންޖީނުގެ ވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި

އައްޑޫ ސިޓީއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނީ މި ދުވަސްވަރު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑަމުންދަނީ، ލޯޑް ބޮޑުވެގެން ނޫން ކަމަށާއި އިންޖީނުގެއިން ކަރަންޓް ކަނޑަނީކަމަށެވެ. އެއީ އަލަށް ގެނައި ދެ ޖަނަރޭޓަރު ޓެސްޓް ކުރަމަކަމަށް އެކުންފުނިން ބުނެއެވެ.އެހެންކަމުން މި ހަފުތާ ތެރޭގައި އެ ޖަނެރޭޓަރުތައް ޓެސްޓްކޮށް ނިމި ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި އަލަށް ބެހެއްޓި ދެ ޖަނަރޭޓަރުގެ ތެރެއިން 2.5 މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ދޭއް މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.އެކުންފުނިން ބުނީ ސްޓެލްކޯ ފިޔަވައި އެންމެ ވަރުގަދަ އިންޖީނުގެއަށް އައްޑޫ ސިޓީގެ އިންޖީނުގެ ވެގެންދާނެކަމަށެވެ. އައްޑޫ ސިޓީއަށް ބޭނުންވަނީ 6.4 މެގްވޯޓްގެ ޖަނަރޭޓަރު ސެޓެއް ކަމަށްވާއިރު، މިހާރު އިންސްޓޯލް ކޮށްފައިވާ ދެ ޖަނަރޭޓަރާއެކު 9.8 މެގަވޯޓަށް އަރާނެއެވެ.އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އެ ރަށަށް އަލަށް ގެންދިޔަ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރީ މިދިޔަ ނޮވެމްބަރު މަހުގެތޭރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ