މަޑުއްވަރީގައި ރައްޔިތުން ނިކުމެ އިންޖީނުގޭގައި ތަޅުއަޅުވައިފި

ރ އަތޮޅު މަޑުއްވަރީގައި ކަރަންޓްގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވާތީ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގޭ ތެރެއަށް ވަނުމަށްފަހު އިންޖީނުގޭ ބޭރުން ތަޅު އަޅުފައި އިހްތިޖާޖު ކުރަމުން އެބަ ގެންދެއެވެ.
އެރަށުން ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވި ދިގު މުއްދަތެއް ފާއިތުވެ ދާއިރު މިއަދުވެސް ގިނަ އިރުތަކެއް ކަަންޓާއި ނުލައި އުޅެން ޖެހިފައިވާ ކަމުގައި އެރަށުން މައުލޫމާތު ދިން މީހަކު ވަނީ ކިޔާދީފައެވެ. އިންޖީނުގެއަށްވަދެ އެތާންގެ އެތެރޭގައި މިހާރުވެސް މަޑުއްވަރީ ރައްޔިތުންގެ ތެރެއިން ބަޔަކު ގެންދަނީ އިހްތިޖާޖު ކުރަމުންނެވެ.
އިންޖީނުގޭ ތެރޭތިބި މީހުން އެތަނުން ނެރުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ރައްޔިތުން އަދި އިންޖީނުގެއިން ނިކުމެފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން މިމަހުގެ 20 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޑުއްވަރީއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 250 ވޯޓްގެ ޖަނަރޭޓަރު ސެޓަށް މިމަހުގެ 16 ވަނަ ދުވަހު މައްސަލަ ދިމާވެފައިވާ ކަމުގައެވެ. އަދި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ