ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށް ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މައުމޫން ހައްޔަރުކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެކަމުގެ ހެކި ބަސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މި ތުހުމަތާ ގުޅިގެން، މައުމޫންގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ހުރިހާ ތުހުމަތަކަށް ވެސް މައުމޫން އިންކާރު ކުރައްވާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، ފުރިހަމަ ތަހުގީގެއް ނުހިނގާނެ ކަމަށް ވެސް ވަކީލް ވިދާޅުވެފައިވެ އެވެ.
Rishwath ge gothugai Abdulla Saeed aai Ali Hameed ethah million rufiyaa eh negi kamuge heki vanee libifai: Police
Mihaaru
Pres. @maumoonagayoom rejects all accusations by @PoliceMv A proper investigation would not hide under cover of #StateOfEmergencyor shy away from the clear light of #RuleofLaw or fear the accountability of #DueProcess or be terrified of an independent @judiciarymvBring it.— Maumoon Hameed (@maanhameed) February 7, 2018
މައުމޫންގެ ޓްވީޓްކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ސަލާމަތީ ބާރުތަކުން ވަނީ މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތެވެ.
ހުރިހާ ތުހުމަތަކަށް މައުމޫން އިންކާރު ކުރައްވާ: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ