ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް ރައީސް ބޭރެއް ނުކުރެވޭނެ - އަލީ އާރިފް

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ރައީސުލްޖުމްހޫރިއްޔާ ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިރޭ ވާހަކަފުޅު ދައްކަވައިފިއެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި އަލީ އާރިފް ވިދާޅުވީ ރައީސަކު މަގާމުން ވަކި ކުރެވޭނީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާ ގަރާރަކުން ކަމަށެވެ.
"ގާނޫނުއަސާސީ ހުއްދަ ކުރާ އުސޫލުތަކެއް ހުރިއިރު، ގާނޫނުއަސާސީއާ ހިލާފަށް ރައީސެއް ބޭރު ނުކުރެވޭނެ" އަލީ އާރިފް ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ދައުލަތާއި ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ގާނޫނުއަސާސީން ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރު އެޅުމުގެ އެންމެހާ ޒިންމާތައް ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ދައުލަތުގެ ވެރިޔާއަކީ ރައްޔިތުން އިންތިހާބުކުރި ރައީސް. އެ ބޭފުޅާގެ މައްޗަށް ފާޑު ފާޑަށް ބަސް ވިދާޅުނުވާތި،" ފޯރި އާއި ޖޯޝުގައި ހުންނެވި އާރިފް ވިދާޅުވި އެވެ.
މި ވޭތުވެދިޔަ ހަތަރު އަހަރު ތަރައްގީގެ ގިނަ މަސައްކަތްތަކެއް ރައީސް ކޮށްދެއްވި ކަމަށާއި ރައީސްގެ ކުށަކީ ރައްޔިތުންނަށް އެކަންކަން ކޮށްދިނުންތޯ އާރިފް ސުވާލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ