ސުޕްރީމް ކޯޓަށް ސިފައިން އަލުން ސިކިޔުރިޓީދީފި

ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ސިފައިން ހުއްޓާލިތާ 24 ގަޑިއިރު ނުވަނީސް އަލުން އެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާ ސިފައިން ހަވާލުވެއްޖެ އެވެ.
ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މީޑިޔާ އެންޑް ޕަބްލިކް ޔުނިޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއެކޭ ވެސް އެއްގޮތަށް ސިފައިން ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓަން ފެށީ މިއަދު މެންދުރު 12:50 އެހާކަންހާއިރު ކަމަށެވެ. އަދި ވިދާޅުވީ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލިއިރު ވެސް އެކަން ހުއްޓާލީ ކޮން ސަބަބަކާ ހުރެކަން ނާންގާ ކަމަށާއި އަދި އަލުން ސެކިއުރިޓީ ބަލަހައްޓަން ފެށި ސަބަބެއް ވެސް އަންގާފައި ނުވާ ކަމަށެވެ.
"ލިޔެ ކިޔުމަކުން ކަހަލަ އެއްޗަކުން ވެސް އަންގާފައެއްނެތް. ރޭގައި ހެދި ގޮތައް ހަވާލުވަމުން ވެސް އެއްވެސް އެއްޗެއް ނާންގާ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ސިފައިންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ރޭ ސިފައިން ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ދޫކޮށްލިފަހުން، ރޭ ދަންވަރު 12:58 އެހާކަންހާ އިރު ބަޔަކު މީހުން ވަނީ ސުޕްރީ ކޯޓުގެ، ބަންޑާރަ މިސްކިތާ ޖެހިގެން ހުންނަ، ކާރު ވަންނަ ގޭޓު ތަޅު ހަލާކުކޮށްލާފަ އެވެ.
ސުޕްރީމް ކޯޓު ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލުމާ އެކު ރޭ ވަނީ ސްޕްރީމް ކޯޓުގެ ތަޅުދަޑި ވެސް ސިފައިންގެއަށް ގެންގޮސްފަ އެވެ. ނަމަވެސް ރޭ ފަހުން ވަނީ "އޮޅިގެން ގެންދެވުނީ" ކަމަށް ބުނެ ތަޅުދަނޑި ސުޕްރީމް ކޯޓާ ހަވާލުކޮށްފަ އެވެ.
ސިފައިން ސުޕްރީމް ކޯޓުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި އެކި ގޮތަށް އަމަލުކުރަން ފެށީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަޑިޔާރުން މަދުކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް އިއްޔެ ހުށަހަޅާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ