ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ މޫސުން އާދައިގެ ވަރަކަށް ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ފާއިތުވެގެން މިދިޔަ ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް، ކުރިއަށް އަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ އިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މިއަދުގެ ގިނަ ވަގުތު އުޑުމަތި ބަނަކޮށް އޮންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށައި އެހެން ނަމަވެސް މެންދުފަހާ ހަމައިން ފެށިގެން އުޑުމަތި ސާފް ވާން ފަށާނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، މިއަދު 10:00 އިންް މާދަމާގެ 10:00 އަށް ވައި ޖެހޭނީ އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަަމަށެވެ. އަދި
ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިވިއްސާރައިގެ ސަބަބުން ފާއިތުވި ހަފްތާގެ ތެރޭގައި ބައެއް ރަށް ރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ކުރިއަށް އޮތް ދެ ދުވަހު މޫސުން ރަނގަޅުވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ