އީއައިއޭ ނުހަދާ ފަސް ރަށެއްގެ އިންޖީނުގެ އަޅަން ފެށުމުން ފެނަކައަށް ހަ ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓް ނުހަދާ ފަސް ރަށެއްގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފެށުމުން ހަ ލައްކަ ރުފިޔާއިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމެންޓް ޕްރޮޓޭކްޝަން އެޖެންސީ (އީޕީއޭ) އިން ފެނަކަ ޖޫރިމަނާކުރީ، 2017 އަދި 2018 ވަނަ އަހަރު އީއައިއޭ ނުހަދާ ހއ. ތަކަންދޫ، ހދ. ފިނޭ، ނ. ހެނބަދޫ، ނ. މާޅެންދޫ އަދި ބ.ކެންދޫ އިންޖީނު އެޅުމުގެ މަސައްކަތް ކޮށްފައިވާތީއެވެ.
އަދި މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ފެނަކަ އަށް ވަނީ އަންގައިފައެވެ.
އީޕީއޭ އިން ބުނީ މި ޖޫރިމަނާ ކަނޑައެޅުމުގައި ފެނަކައިން މިއަހަރުގެ ޖަނަވަރީ އަދި އޭޕްރީލް މަހުގައި އީޕީއޭއަށް ލިބުނު މައުލޫމާތަށް ބަލާފައިވާނެ ކަމަށެވެ.
އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު، އީއައިއޭ ނުހަދާ އެ ފަސް ރަށުގެ އިންޖީނު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފެނަކަ އިން އެއްބަސްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ