ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު ފާއިޒު އެމްޑީޕީ އާއި ގުޅިއްޖެ އެވެ.
އޭނާ އެމްޑީޕީ އާއި ގުޅިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނުން ތަކަކާއިއެކު އެކިފަހަރު މަތިން ޒިނޭކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއްގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރުމަށްފަހު ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ރޭ ރާއްޖެ ޓީވީގެ ސުންގަޑި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާއިޒު ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ ޝަރުއީ ދާއިރާގައި މައްސަލަތަކެއް ހުރިކަން ގަބޫލުކުރެވޭތީ އެކަންކަން އިސްލާހު ކުރުމަށް ކަމަށާއި، އެމަސައްކަތުގައި ކުރިއަށްދާން ކަމަށެވެ.
އަދި އެމްޑީޕީ ފިޔަވާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތް ކުރާ ޕާޓީއެއް ނެތް ކަމަށްވެސް ފާއިޒު ވިދާޅުވި އެވެ.
ފާއިޒު އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ ބޭނުންކޮށްގެން އަލީ ހަމީދު ބްލެކްމެއިލްކޮށް އެވީޑިއޯ އިން ވިޔަފާރީގެ ފައިދާ ނަގަން އުޅުކަމަށް ބުނެ އޭނާއާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށް އެމައްސަލައިގެ ޝަރީއަތް މިހާރު ގެންދަނީ ހިނގަމުންނެވެ.
އެކަމާއި ގުޅިގެން ފާއިޒު ވިދާޅުވީ އެމައްސަލައިގާ އޭނާ ހައްޔަރުކުރުމުގެ މައިގަނޑު ބޭނުމަކީ އެކަންކޮށްފައިވާ ފަރާތް އެއްކައިރިކޮށް ރައްޔިތުންނަށް ޙަޤީގަތް އޮޅުވާލުން ކަމަށެވެ.
ފާއިޒް ވިދާޅުވީ ފަނޑިޔާރުގެ ވީޑިއޯ ހިފައިގެން އެކަމާއި ގުޅުންހުރި އެއްވެސް ފަރާތެއް ބްލެކްމެއިލްކޮށް ބިރުދައްކާ ހަދާފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަސްބީ އަންހެނުން ތަކަކާއިއެކު އެކިފަހަރު މަތިން ޒިނޭކުރާ މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުއާއި އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.
ފާއިޒު ގައުމީ އިއްތިހާދު ދޫކޮށް އެމްޑީޕީއާ ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ