ކޮމިޝަނުން ތުހުމަތު ކުރާ ކަންތައްތައް ތަކުގެ ހެކި ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް އެދިއްޖެ

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭގޮތުން ތުހުމަތު ކުރާ ކަންތައްތަކުގެ ހެކި ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް އެ ކޯޓުން ކޮމިޝަނުގައި އެދިއްޖެއެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް ކުރީގެ، ހުސްނުއް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެެ. އަދި ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި ގަސްތުގައި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވައިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ސެކިއުރިޓީންގެ ގޮތުގައި ގޭންގުތަކުގެ މީހުން ގެންގުޅޭ ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ. (ތަފްސީލު އަންނަނީ..)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ