މާމެންދޫ ކޯޓު ފަޅާލާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ގއ. މާމެންދޫ ކޯޓު ފަޅާލައި 13،000 އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:00ގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މާމެންދޫ ކޯޓުގައި ހުރި ތިޖޫރިން ވައްކަން ކޮށްފައި ވަނީ ކޯޓުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. އަދި ތިޖޫރީގައި ހުރި 13،500ރ އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވީނަމަވެސް، މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި އެފަރާތުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ