ނިމިދިޔަ 2018 އަހަރަކީ ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން އެކި ދާއިރާތަކުން ތަފާތު ގޮތްގޮތަށް ދައްކުވައިދީފައިވާ އަހަރެކެވެ. އެގޮތުން ލިޔުންތެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ދިވެހިންގެ ހުނަރު ފެނިފައިވާއިރު، މީގެ ތެރެއިން އެންމެ މުހިންމު އެއް ހިއްސާއަކަށް ވެގެންދާނީ ވާހަކަ.ކޮމްގެ ހުނަރުވެރި ލިޔުންތެރިންނެވެ.
އެގޮތުން ބަލާލާއިރު، މިދިޔަ އަހަރު ވާހަކަ.ކޮމްެގައި ވަނީ 810 ވާހަކަ ލިޔުންތެރިން ރެޖިސްޓަރވެ، ދިވެހި ބަހުގެ ތަފާތު ވާހަކަތައް ލިޔުމުގެ ހުނަރު، އާ ޓެކްނޮލޮޖީތަކުގެ އެހީގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. އެގޮތުން މިދިޔަ އަހަރު 2928 ވާހަކަ އެ ވެބްސައިޓްގެ ފަރާތުން ޕަބްލިޝްކޮށްފައިވެއެވެ. މި ވާހަކަތަކުގެ ޒަރިއްޔާއިން ވާހަކަ.ކޮމް އިން ވަނީ އެ ވެބްސައިޓްގެ ލިޔުންތެރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ
މިގޮތުން ރޯދަ މަހުގައި ވަގުތުނޫހަށް ވާހަކަ ލިޔުމުގެ ފުރުސަތު ދެ ލިޔުންތެރިއަކަށްވަނީ ލިބިފައެވެ. އެއީ މަރިޔަމް އާއި އައިމިނަތު ޝިއުފާއަަށެވެ. އަދި ވާހަކަ.ކޮމްގެ މަޤްބޫލު ލިޔުންތެރިޔާ، "ހެއިޑީސް" އަށް ވަނީ ދެ ޓީވީ ޗެނަލްއަކުން ސިލްސިލާ ޑްރާމާއެއް ލިޔުމުގެ ފުރުސަތު ލިބިފައިވާކަމަށް އެވެބްސައިޓުން ބުނެއެވެ. އެއީ ވީޓީވީ އިން ރޯދަ ގެނެސްދިން "ތީތި ކަޑައޭ" ޝޯ އާއި ޗެނަލް 13 އިން ގެނެސްދެމުންދާ "ނާމާން" ސީރީޒްގެ ސީޒަން އެކެއް އަދި ދެއެއް ލިޔުމުގެ ފުރުސަތެވެ.
މީގެ އިތުރުންވެސް ރޯދަ މަހުގައި އޮންލައިން ނޫސް، "ދަ ޕްރެސް" އަށް ލިޔުމުގެ ފުރުސަތު މަރިޔަމް އަށް ލިބިގެންދިޔައެވެ. އަދި އެހެންމެ،ހަލިނިއުސް އިން ވަނީ ވާހަކަ.ކޮމްގައި ސާންޑީ ގެނެސްދީފައިވާ ސިލްސިލާ ވާހަކައެއް އެ ވެބްސައިޓްގައި ގެނެސްދީފައެވެ. ވާހަކަ.ކޮމް އިން ބުނާގޮތުގައި މިދިޔަ އަހަރު އެ ވެބްސައިޓުގެ ލިޔުންތެރިންނަށް ލިބިގެންދިޔަ އެންމެ ބޮޑު ފުރުސަތަކީ އައިސް ޓީވީގެ "ބިޓްވީން ދަލައިން ޝޯ"ގެ މެހެމާނެއްގެ ގޮތުގައި ވާހަކަ.ކޮމް ގެ ލިޔުންތެރިންނަށް ލިބުނު ފުރުސަތެވެ.
މިއީ ލިޔުންތެރިންގެ ކިބައިގައި ހުރި ހުނަރުގެ ޒަރިއްޔާއިން އާމްދަނީ ލިބޭގޮތަށް ލިބުނު ފުރުސަތުތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.
މިދިޔަ އަހަރު ވާހަކަ.ކޮމް އިން ވަނީ ވާހަކަފޮތް ޗާޕުކުރުމުގެ މަސައްކަތް ފަށައި އަހުމަދު އިގްބާލް (އައިކިއު) ލިޔެފައިވާ ކުޑަކުދިންގެ ވާހަކަފޮތް ބަސްނާފުށި ބާޒާރަށް ނެރެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފޮތުގެ ކޮޕީތައް ވިކުނު އިރު، މި ފޮތަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ވާހަކަ.ކޮމްެއިން މައުލޫމާތުދެއެވެ. އަދި އެހެންމެ ދެވަނަ ލިޔުންތެރިއަކަށްވެސް ފޮތް ޗާޕުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެއީ ލިޔުންތެރިޔާ އެއީ ނިޝާން ލިޔެފައިވާ ވަންހަނާ ވާހަކައެވެ. އޭގެ ސީޒަން އެކެއް ސައިޓުން ގެނެސްދީފައި ވާއިރު ސީޒަން ދެއެއް ނެރެވޭނީ ފޮތެއްގެ ސިފައިގައި މި ފެށުނު އަހަރުގައިކަމަށް ވެބްސައިޓުން ވަނީ މައުލޫމާތުދީފައެވެ.
މީގެ އިތުރުން އެ ވެބްސައިޓުން ވަނީ މިދިޔަ އަހަރު މަންތްލީ ޗެލެންޖްތަކެއް ބާއްވައި، އެ ޗެލެންޖްތަކުން މޮޅުވި ފަރާތްތަކަށް އިނާމު ރައްދުކޮށްފައެވެ.
މި ފެށުނު 2019 ވަނަ އަހަރުގައިވެސް ވާހަކަ.ކޮމްއިން ކިޔުންތެެރިންނާއި ލިޔުންތެރިންނަށް ތަފާތު ދައްކާނެކަމަށް އެ ވެބްސައިޓުން ވަނީ ބުނެފައެވެ. އަދި މި ފުރުސަތުގައި ވާހަކަ.ކޮމްެއިން ވަނީ އެ ސައިޓަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.
2018: ވާހަކަ.ކޮމްއިން އާ ލިޔުންތެރިން ކުރިއަރުވައިދިން އަހަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ