ރިޔާސީ އިންތިހާބާއި މެދު ރައީސް އަބްދުﷲ ޔާމީން ސުވާލު އުފެއްދުމުން ކޯޓުތަކާއި ފުލުހުންނާއި، ސިފައިން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެތޯ ގާނޫނީ ވަކީލް މައުމޫން ހަމީދް ސުވާލު އުފައްދަވައިފިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާއި މެދު ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ފަހަރަށް ސުވާލު އުފެއްދެވީ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރަމުން ދިޔަ މުޒާހަރާގައެވެ. ނަމަވެސް ރައީސް ޔާމީން ވަނީ 24 ސެޕްޓެމްބަރު ދުވަހު ހެނދުނު އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އާއި ބައްދަލު ކުރެއްވުމަށް ފަހު މުޅި ގައުމު ކުރިމަތީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވާފައެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާލުވާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ޗެލެންޖު ކުރެވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ. އަދި ފެބުރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކާ އިއުލާން ކުރެއްވީވެސް ގާނޫނީ އިމުގެ ބޭރުން ކަމަށް މައުމޫނު ވިދާޅުވިއެވެ. There is no legal basis to challenge #mvelection18 Then again, there was no legal basis to declare a #StateofEmergency on 5 Feb either, but see how that turned out.It remains to be seen whether @judiciarymv @PoliceMv & @MNDF_Official will help subvert the will of the people. https://t.co/aWEJ7rVYQt— Maumoon Hameed (@maanhameed) October 2, 2018
ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ވެސް ގާނޫނީ ހުއްޖަތެއް ނެތް އިރު އެކަންވެސް ކޮށްފައިވާކަން މައުމޫން ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުން ރައީސް ޔާމީންގެ ސުވާލަށް ފަހު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ފުލުހުންނާއި، ސިފައިންނާއި އަދި ޖުޑިޝަރީއިން ދަމަހައްޓާނެތޯ މައުމޫން ސުވާލު އުފައްދަވާފައިވެއެވެ.
މައުމޫނު މިގޮތަށް ސުވާލު އުފައްދާފައިވީ ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔައި ރައްޔިުތުންގެ ނިންމުން ބަލައިގެންފައިވާ ކަމަށާއި، އެނިންމުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.
އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.
ރައްޔިތުންގެ ނިންމުމަށް ބާރުތަކުން އަމަލުކުރާނެ ގޮތާމެދު ސުވާލު އުފެދޭ: މައުމޫނު ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ