ރައީސުލުންޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި މުހައްމަދު ޢައްސާން މައުމޫންގެ ނަމުގައި މިއަދު ޓްވީޓްކުރަމުންދާ އެކައުންޓަކީ ފޭކް އެކައުންޓެއްކަން ހާމަވެއްޖެއެވެ.
ވެރިކަން ކުރާ ޕީޕީއެމް ދެކަފިވެ، ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށްފަހު ޓްވިޓަރގައި ހަރަކާތްތެރިވެލައްވަން ފައްޓަވާފައި މި ދަނޑިވަޅުގައި ޣައްސާންގެ ނަމުގައި ޓްވީޓްކުރަމުން ދާ ދިއުމާ ބެހޭގޮތުން ޣައްސާން އަދި ވަކިއެއްޗެއް ވިދާޅުވެފައި ނުވިޔަސް، ބައެއް ފަރާތްތަކުން ވަނީ އެ އެކައުންޓްއަކީ ސައްޙަ އެކައުންޓެއް ނޫންކަމަށް ބުނަމުންނެވެ.
ޣައްސާންގެ ނަމުގައި ހިންގަމުންދާ އެކައުންޓާ ބެހޭގޮތުން ހައުސިންގ މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ޣައްސާންގެ ނަމުގައި މިއަދުން ފެށިގެން ޓްވީޓްކުރަމުން ދާއިރު، އެ ޓްވީޓްތަކުގައި މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ދަނީ އަލިއަޅުވާލަމުންނެވެ. އޭގެ ތެރެއިން އެއް ޓްވީޓްގައި ބުނެފައިވަނީ "ޕީޕީއެމްގެ ބައެއް މެންބަރުން ރައީސް މައުމޫން އެ ޕާޓީއިން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވާނެ" ކަމަށެވެ.
ހަމަ އެހެންމެ، "ޤައުމު އަމާން އައްސޭރިއަކަށް ގެންދެވޭނީ ދައުލަތުގެ ތެރޭގައިވާ ކޮރަޕްޝަންގެ މޫތައް ލުހެލައިގެން" ކަމަށްވެސް ބުނެފައި ވެއެވެ.
ސިޔާސީގޮތުން އަންނަ ބަދަލުތަކާއެކު، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ބައެއް މީހުން އެހެން މީހުންގެ ނަމުގައި އެކައުންޓްތައް އުފައްދައި، އެހެން މީހުންގެ ނަމުގައި މީހުނަށް އޮޅުވާލުމާއި، ފިތުނަފަސާދަ އުފައްދައި އުޅޭއިރު، އެކަމަކީ ރާއްޖޭގައި ވެސް ހިނގާ ކަމެކެވެ.
ޣައްސާން މައުމޫން ގެ ނަމުގައި ޓްވީޓްކުރަމުން ދަނީ ފޭކް އެކައުންޓަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ