ތިމަރަފުށީ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓަށް އަދާލަތުން ތާއީދުކޮށްފި

ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަ ކުރައްވާ ކެނޑިޑޭޓް އަހުމަދުޝަރީފް އާދަމަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމައިފި އެވެ.
މިރޭ އަހުމަދު ޝަރީފުގެ ކެމްޕެއިން ޖަގަހާގައި ބޭއްވި ރަސްމިއްޔާތެއްގައި އަދާލަތު ޕާޓީގެ ފަރާތުން ޝަރީފަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވީ އެޕާޓީގެ ކައުންސިލް މެންބަރު އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޝަހީމް ވިދާޅުވީ އަދާލަތު ޕާޓިން ނިމްމާފައިވަނީ ޝަރީފަށް ތާއިދުކުރަން ކަމަށާއި އެ ޕާޓީގެ ހުރިހާ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ޝަރީފަށް ވޯޓް ދޭ ޕާޓީން އެދޭ ކަމަށެވެ.
"ޝަރީފްގެ ކެމްޕެއިނުގައި އަދާލަތު ޕާޓީން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނަން،" ޝަހީމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ޝަރީފަށް ތާއީދުކުރެއްވީ ޝަރީފަކީ ވަރަށް ގާބިލް ތައުލީމީ ބޭފުޅަކަށް ވާތީ ޝަރީފްގެ ކިބައިން ގައުމަށް ހިދުމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީއަށް އޮތުމުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ