ކުރިއަށްއޮތް 4 އަހަރަށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލުން މިހިނދަށް މުހިންމުކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ތަރައްޤީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތްތައް ކުރިއަށްއޮތް ހަތަރު ފަސްއަހަރަށް ހުއްޓާލުން މުހިންމު ކަމަށެވެ. ނަޝީދު ވިދާޅުވީ ކުރިއަށްއޮތް އިންތިހާބުގެ ތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" އަދި ދެން އަންނަ ރައީސަކު ވައުދުވާންވީ މަޑުޖެހިލަން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްޤީނޫންކަމަށާއި، އެއީ ގިނަފަހަރަށް ދަރަނި ކަމަށެވެ. ރައްޔިތުްނގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓް އަރަނިވެގެންކަން ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޗިދު ވިދާޅުވީ މިމަގުން ކަންކަން ކުރިއަށްގެންދިއުމަށް ދަރަނި ކުޑަކުރަންޖެހޭ ކަމަށާއި ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށެވެ. އެގޮތުން ވާން މިއުޅޭ ގޮތާއި، އެމަނިކްފާނު ދައްކަވާ ވާހަކަ ރައްޔިތުންނަށް ސާފްވާނޭކަމަށްވެސް ރައީސް ނަޝީދުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުން މަޑުޖައްލާލުމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އިއްޔެ ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ކައިރި ކައިރީގައި އެއާޕޯޓްތައް އަޅާތީ އެކަމާ ގުލޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ކައިރިކައިރީގައި އެއާޕޯޓް އެޅުމަކީ އިގްތިސާދީގޮތުން ރަނގަޅު ވިސްނުމެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ޤައުމީ އެއާލައިނަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ކުރަން ޖެހޭނޭކަމަށެވެ.
ކުރިއަށްއޮތް 4 އަހަރަށް އުމްރާނީ މަޝްރޫޢުތައް މަޑުޖައްސާލުން މިހިނދަށް މުހިންމު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ